Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

އިއްތިހާދުގެ ވެރިކަމެއްގައި ޒުވާނުންގެ އަޑު އަހާނެ: ނަޝީދު

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ސަރުކާރެއް ގާއިމު ވެއްޖެނަމަ ޒުވާނުންގެ އަޑު އަހައި، ބޭނުންތައް ފުއްދައިދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑިމޮކްރަސީއަށް ނުރައްކަލެއް އަންނަ ކޮންމެ ދަނޑިވަޅެއްގައި ޑިމޮކްރަސީގެ ދިފާއުގައި ނިކުންނަނީ ޒުވާނުން ކަމަށެވެ. އަދި އިއްތިހާދުގެ ވެރިކަމެއްގައި އެ ޒުވާނުންގެ ބޭނުންތައް އަޑުއަހައި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޒުވާނުންނަށް ގިނަ ވައުދުތަކެއް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް އަބްދުﷲ ޔާމީން އަންނަނީ ވަމުންނެވެ. ރައީސް ޔާމީންގެ ވައުދަކަށް 2013 ވަނަ އަހަރު 95،000 ވަޒީފާ އުފައްދާނެ ކަމަށް ވިދާޅުވި ނަމަވެސް އެހާ ގިނަ ވަޒީފާ އުފެއްދިފައިނުވާކަން ފާހަގަކޮށްލެވެއެވެ.