Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ރައީސް ޔާމީން މާދަމާ ތ. އަތޮޅަށް ވަޑައިގަންނަވަނީ

ރައީސް ޔާމީން ގއ. ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މާދަމާ ތ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ތ. އަތޮޅު ތިމަރަފުށްޓާއި ވިލުފުށްޓާއި ކަނޑޫދުގެ އިތުރުން މަޑިފުށްޓާއި ދިޔަމިގިލި އަދި ބުރުނީ އަށް ވަޑައިގަންނަވާނެއެވެ. އަދި އެ ރަށްރަށަށުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ފާހަގަ ކޮށްދެއްވާނެ އެވެ.

ރައީސް ޔާމީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން، ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމުމުގެ ރަސްމިއްޔާތުތައް އިފްތިތާޙްކޮށްދެއްވާފަ އެވެ.

ރައީސް ޔާމީން މާދަމާ ތ. އަތޮޅަށް ވަޑައިގަންނަވާއިރު، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވަނީ މިދިޔަ ހަފްތާގައި ތ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައެވެ.