Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

18 މަހަށް ވައުދުވެވިދާނެ، އެކަމަކު ނުފުއްދޭނެ: ޔާމީން

ރާއްޖޭގެ ވެރިކަމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަޑައިގަންނަވަނީ އެންމެ 18 މަސް ދުވަހަށްކަމަށާއި، އެމުއްދަތަށް ކިތަންމެ ވައުދެއް ވިއަސް ނުފުއްދެވޭނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ތ. ތިމަރަފުށީގެ ރައްޔިތުންނާއި މުޙާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިއްތިހާދުގެ ވެރިކަން އޮންނާނީ 18 މަސް ދުވަހަށް ކަމަށް އެބޭފުޅުން ބުނަމުން އަންނަ ކަމަށާއި އޭގެ ފަހުން ދެންވާނެ ގޮތް އަދާލަތު ޕާޓީ އާއި ޖޭޕީން ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.

އަދި ރަށްރަށައް ވަޑައިގެން އިބޫ ގިނަ ވައުުދުތަކެއް ވަމުން އަންނަ އިރު އެންމެ 18 މަސް ދުވަހުގެ ތެރޭގައި އެ ވައުދުތައް ފުއްދޭނެތޯ ރައްޔިތުން. އަމިއްލަ ނަފްސާއި ސުވާލު ކުރަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އިބޫ ރަށްރަށައް ވަޑައިގެން އެއް ފަޅެއްގައި ތިބި ރަށް ތައް ބުރިޖުން ގުޅާލާ ވާހަކަވެސް ދައްކަމުން އަންނަ ކަމަށެވެ. އަދި އެފަދަ ވާހަކަތައް ދައްކަން މަޖްބޫރުވީ އެމަނިކުފާން ރާއްޖެ ގެނެސްދިން ތަރައްޤީގެ ސަބަބުންކަމަށް އެމަނިކުފާން ވިދާޅުވިއެވެ.