Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ފުލުހުންގެ ތަހުޤީޤަށް މަރަދޫ މީހަކު ހޯދަނީ

ކވ: އިބްރާހީމް ރިޔާޟް - މުޙަައްމަދު ފަރުޞީދު

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އޭގެ ތެރެއިން އެއް މައްސަލައަކާއި ގުޅިގެން ހޯދަމުންދަނީ ސ.މަރަދޫ، މައިޒާން، މުޙަައްމަދު ފަރުޞީދު (40އ) އެވެ. އަދި އަނެއް މައްސަލައާއި ގުޅިގެން ހޯދަމުންދަނީ ށ.ގޮއިދޫ، ދޫރެސް، އިބްރާހީމް ރިޔާޟް (36އ) އެވެ.

ފުލުހުން ބުނީ މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ބުނެއެވެ.