Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

މެޑަމް ފާތުން ބ. ދަރަވަންދޫ އަށް ވަޑައިގެންފި

މެޑަމް ފާތުން ދަރަވަންދޫއަށް ވަޑައިގަންނަވަނީ - ފޮޓޯ: އަވަސް

ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން، ފާތުމަތު އިބްރާހިމް ބ. ދަރަވަންދޫއަށް ވަޑައިގެންފި އެވެ.

ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވާ މި ދަތުރުފުޅުގައި މެޑަމް ފާތުން ދަރަވަންދޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

އެކަމަނާއާ އެކު މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދިލް މޫސާ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމްގެ އިތުރުން ބައެއް މަޖިލީސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގައި އެކަމަނާ ވަނީ ދަރަވަންދޫގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަ ކުދިންގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ ވެސް ބައްދަލު ކުރައްވާ ހާލު ބައްލަވައިފަ އެވެ.