Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

އީދު ޗުއްޓީ އަށް ކެނަރީފުން ސަޅި އޮފާއެއް

ކުރިއަށް އޮތް ބޮޑު އީދު ބަންދާ ދިމާކޮށް ކެނަރީފް ރިސޯޓްގައި ޗުއްޓީ ހޭދަކޮށްލުމުގެ ހާއްސަ ފުރުސަތެއް ހުޅުވާލައިފި އެވެ.

އެ ރިސޯޓުން ވަނީ އީދާ ދިމާކޮށް 115 ޑޮލަރުން އަގު ފެށޭ ޗުއްޓީ ޕެކެޖްތަކެއް ތައާރަފުކޮށްފަ އެވެ. މިއީ ދިވެހިންނާއި ބޭރު މީހުންނަށް ވެސް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ފުރުސަތެކެވެ.

އީދު ޗުއްޓީ ޕެކެޖްކަތަކާ ބެހޭ އިތުރު މައުލޫމާތު ކެނަރީފްގެ ނަންބަރު 6896677 އަށް ގުޅައިގެން ހޯދޭނެ އެވެ.

މި ރިސޯޓަކީ 2007 ވަނަ އަހަރު ހެރެތަރައިގެ ނަމުގައ ހުޅުވި ރިސޯޓެވެ. ކެނަރީފްގެ ނަމުގައި އެތަން ހިންގަން ފެށީ 2016 އިން ފެށިގެންނެވެ.