އިދިކޮޅު ރަނިންމޭޓް، ފައިސަލް ނަސީމް ޅ. ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގައި މަރުހަބާ ކިޔުމަށް ނިކުތް އެރަށު ފެނަކައިގެ މުވައްޒަފަކު ތ. ބުރުނީ ބްރާންޗަށް ބަދަލުކޮށްފިއެވެ.
ފައިސަލްއަށް މަރުހަބާ ދެންނެވުމަށް ނިކުތްތާ ތިންވަނައަށް ވީ ދުވަހު ހިންނަވަރު ބްރާންޗުގައި 8 އަހަރު މަސައްކަތް ކޮށްފައިވާ އިބްރާހިމް ޔޫސުފް ވަނީ ކުއްލި ގޮތަކަށް ތ. ބުރުނީ އޮފީހަށް ނިކުތުމަށް އަންގާފައެވެ.
އެއްވެސް ސަބަބެއް ހާމަކުރުމެއް ނެތި ރަށުން ބޭރުގައި ވަޒީފާ އަދާ ކުރަން އަންގާފައިވަނީ ސީދާ ސިޔާސީ ގޮތުން އިބްރާހިމް ޔޫސުފަށް ބިރުދައްކައި ޖެއްސުން ކުރުމަށް ކަމަށް އެރަށު ބައެއް އިދިކޮޅު ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.
މީގެ ކުރިން ވެސް ސަރުކާރާ ދެކޮޅަށް ޚިޔާލު ފާޅުކޮށްގެން ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ވަނީ ރަށުން ބޭރު ރަށްތަކުގެ ބްރާންޗުތަކަށް ނިކުތުމަށް އަންގާފައެވެ.