Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ކާލަމާ: އީޒީ ޗީޒީ ފްރިޓާޓާ

* ބޭނުންވާ ތަކެތި:

2 ސްޕްރިންގް އޮނިއަން (ކޮށާފައި)
4 ސަމުސާ ގްރީން ޕީސް
1 ޒުޗީނީ
ޗިކަން ނުވަތަ ބީފް ސަލާމީ (ކުދިކޮށް ކޮށާފައި)
100 ގްރާމް ފެޓާ ޗީޒް
4 ބިސް
އޮލިވް އޮއިލް
ލޮނު/ އަސޭމިރުން

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ އަވަން 180 ޑިގްރީއަށް ޖައްސާ ހޫނުކޮށްލާށެވެ. ދެން ގްރީން ފީސް، ޒުޗީނީ، ސްޕްރިންގް އަނިއަން، ލޮނު އަދި ސަލާމީ ބޯތައްޓެއްގައި އެއްކޮލާނީއެވެ.

ދެން އޭގެ ތެރެއަށް ފެޓާ ޗީޒް ކޮޅުއަތުން ފުނޑުކޮއްލާ އަޅާފަ މިކްސްކޮށްލުމަށް ފަހު 4 ބިސް މީގެ ތެރެއަށް އަޅާލާ އެއްކޮއް ގިރާލާށެވެ. މިއަށްފަހު 16 ސެންޓި މީޓަރުގެ ވަށް ޓްރޭއެއްގައި ތެޔޮ އުނގުޅައިޅުލުމަށް ފަހު މިކްސް ކުރި ތަކެތި ޓްރޭ ތެރެއަށް އަޅާލާފައި އަވަނަށްލާ 30 މިނެޓް ވަންދެން ނުވަތަ ބިސްތައް ރޯފިލަންދެން ފިހެލާށެވެ.

ފިހެ ނިމުމުން ފްރިޓާޓާ މައްޗަށް އަސޭމިރުސް ކޮޅެއް ބުރުއްސާލާށެވެ.