Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

އީދު ބަންދާ ދިމާކޮށް އުޅަނދުތައް ފާސްކުރަނީ

ކުރިއަށް އޮތް އަޟުހާ އީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތައް ބަލާ ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް އެމްއެންޑީއެފުން ފަށައިފިއެވެ.

ކޯސްޓު ގާޑުން އުޅަނދުތައް ޗެކް ކުރުމުގެ އޮޕަރޭޝަން ހިންގަނީ އީދު ބަންދާ ދިމާކޮށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ކަނޑު މަގުން ދަތުރުކުރާތީ، ދަތުރުވެރިންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. ކޮންމެ އަހަރަކު އަޟުހާ އީދު ބަންދާ ދިމާކޮށް ކޯސްޓު ގާޑުން މި އޮޕަރޭޝަން ކުރއަށް ގެންދެއެވެ.

މި އޮޕަރޭޝަނުގެ ދަށުން އުޅަނދުތަކުގައި ސަލާމަތީ ސެޓްފިކެޓު ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކޮށްފައި ހުރިތޯ ބަލާނެއެވެ. އަދި މެރިން ވީއެފްއެޗް ޗެކާއި ކެޕްޓަނުން އަތުގައި އުޅަނދުތައް ދުއްވުމުގެ ލައިސެންސް އޮތްތޯ ބަލާނެ ކަމަށް ކޯސްޓު ގާޑުން މައުލޫމާތު ދީފައިވެއެވެ.

މިފަދަ އޮޕަރޭޝަންތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ގައުމީ ދިފާއީ ބާރުން ޝުކުރު އަދާކޮށްފައިވެއެވެ.