Last Updated: March 29, 11:09
Friday, March 29, 2024
މުނިފޫހިފިލުވުން

"ސުއީ ދާގާ" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ 28 ގައި ރިލީޒް ކުރާ ޔާޝރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމް "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޝަރަތު ކަތަރިޔާ ޑައިރެކްޓްކޮށްފައިވާ ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ވަރުން ދަވަން އާއި އަނުޝްކާ ޝަރްމާ އެވެ. މިއީ މި ދެ ތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

"ސުއީ ދާގާ" ގައި ވަރުންއަކީ ފަހާ މީހެކެވެ. އަދި އަނުޝްކާއަކީ ޖަރީގެ މަސައްކަތް ކުރާ މީހެކެވެ. ދެ ތަރިންނަކީ ފިލްމްގައި ދެމަފިރިންނެވެ.

"ސުއީ ދާގާ" އަކީ 2014 ގައި ރިލީޒް ކުރި "ދަމް ލަގާ ކޭ ހައިޝާ" އަށް ފަހު، ޝަރަތު ޑައިރެކްޓް ކުރި ފުރަތަމަ ފިލްމެވެ.