Last Updated: June 24, 11:27
Wednesday, June 24, 2026
ޚަބަރު

ތަރިކަ މަޝްރޫޢުގެ ލޯގޯ ބޭނުންކުރާ މުއްދަތު އިތުރުކޮށްފި

ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި "ތަރިކަ" މަޝްރޫޢަށް ކަނޑައަޅުއްވާފައިވާ ލޯގޯ ބޭނުންކުރެއްވުމަށް ނިންމަވާފައިވާ މުއްދަތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެއް އަހަރު ދުވަހަށް އިތުރުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދުން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރުގެ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި، ތަރިކަ މަޝްރޫޢުގެ ލޯގޯ ޖެއްސެވުމަށް ރައީސް ޔާމީން ހަމަޖައްސަވާފައިވާ ކަމަށެވެ.

ތަރިކަ މަޝްރޫޢަކީ ދިވެހީންގެ މެދުގައި އިސްލާމީ ވަޙްދަތާއި، ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި 6 މާރިޗު 2017 ގައި އިފްތިތާޙު ކުރައްވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޝިޔާރަކީ "ދީނާއި ޤައުމިއްޔަތު ދިވެހިންގެ ނާރެސް" މިއެވެ.