ކާމިޔާބު ފޯވާޑް، ކްރިސްޓިއާނޯ ރޮނާލްޑޯ ނެތަސް ރެއާލް މެޑްރިޑަށް ހުރަހެއް ނެތް ކަމަށާއި އެޓީމު ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތަށް ކުޑަވެސް ލުއިކަމެއް ނުދޭނެ ކަމަށް ކެޕްޓަން ސާޖިއޯ ރާމޮސް ބުނެފިއެވެ.
މީގެ 9 އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑުން ރެއާލާ ގުޅުނު ކްރިސްޓިއާނޯ ވަނީ އެޓީމަށް ލިބުނު ކާމިޔާބީތަކުގެ މައި ރޯލެއް ކުޅެފައެވެ. ޔުވެންޓަސްއަށް 100 މިލިއަން ޕައުންޑުގެ އަގަކަށް ރޮނާލްޑޯ ބަދަލުވުމަށް ފަހު ރެއާލުން ކުޅޭ ފުރަތަމަ ރަސްމީ މެޗުގެ ކުރިން ކެޕްޓަން ރާމޯސް މީޑިޔާއަށް ދިން އިންޓަވިއުގައި ބުނެފައިވަނީ ޓީމު އޮތީ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށެވެ.
މިރޭ ޔުއެފާ ސުޕަ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް، ޔޫރޮޕާ ލީގް ޗެމްޕިއަން އެތްލެޓިކޯ އާ ދެކޮޅަށް ނިކުންނައިރު ރެއާލުން ވަނީ މީގެ ކުރިން ދެފަހަރު މަތިން އެތްލެޓިކޯއާ ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެ، އެތްލެޓިކޯ ބަލިކޮށްފައެވެ.
ނަމަވެސް ރާމޯސް ވަނީ ރޮނާލްޑޯ ފަދަ މޮޅު ކުޅުންތެރިޔަކު ކުލަބު ދޫކޮށް ދިއުމުން އޭގެ ނޭދެވޭ އަސަރު ކޮންމެ ކުލަބަކަށް ވެސް ކުރާނެ ކަމަށެވެ. އަދި ރެއާލްގައި މިވަގުތު އޮތް ޓީމަކީ ކާމިޔާބީއަށް ވާސިލުވެވޭނެ ވަރުގެ ފެންވަރު ހުރި ޓީމެއް ކަމަށް ވައިސް ކެޕްޓަން މާސެލޯ ވެސް ވަނީ ބުނެފައެވެ.