Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެމްޑީއޭ އޮތީ ސާބިތުކަންމަތީގައި އަޅުގަނޑުމެންނާއެކު: ރައީސް

ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުގައި މައްސަލައެއް ނޫޅުއްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް މިއަދު ތ. ދިޔަމިގިލީގައި ވާހަކަ ދައްކަވަމުން ވަނީ އެމްޑީއޭއާ ޕީޕީއެމްއާ އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށެވެ.

އަދި އެމްޑީއޭ އާއި ޕީޕީއެމާ ދެމެދު އިތުބާރު އެބައޮތް ކަމަށާއި އިތުބާރު ނެތިގެން އުޅެނީ އިދިކޮޅު ކޯލިޝަނުގެ ތެރޭގައި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ކޯލިޝަން ދަމަހައްޓަން ގާނޫނެއް ހަދަން ނިންމީ އިތުބާރު ނެތިގެން ކަމަށް ވިދާޅުވެ ރައީސް ވަނީ އިދިކޮޅަށް އަނެއްކާވެސް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން މިހެން ވިދާޅުވި ނަމަވެސް ޕީޕީއެމްގެ ރިޔާސީ ކެމްޕޭނުގައި އެމްޑީއޭއިން ބައިވެރިނުވާކަން ފާހަގަކޮށްލެވެއެވެ. އަދި ދާދި ފަހުން އެމްޑީއޭގެ ލީޑަރ، އަހުމަދު ސިޔާމް އިދިކޮޅު ކެންޑިޑޭޓް އިބޫއާ ރާއްޖެއިން ބޭރުގައި ބައްދަލުކުރައްވާފައިވާ ކަމަށް އަޑުފެތުރިފައިވެއެވެ.

ރައީސް ޔާމީން އެފަދަ އެއްވެސް ވާހަކައަކަށް ރައްދު ދެއްވާފައިނުވި ނަމަވެސް އަދިވެސް އެމްޑީއޭ ކޯލިޝަނުގައި ދެމި އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.