Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު

މަހްލޫފު އެންމެ ފަހުން މާލެ ޖަލަށް ރީ ރަޖިސްޓްރީ ވެއްޖެ

އަހުމަދު މަހްލޫފު، ފޮޓޯ: އަވަސް

ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް މާލެ ޖަލަށް ރީ-ރަޖިސްޓްރީ ވެއްޖެއެވެ.

މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަންސާހަކަށް ފަހަރު 1414 އަށް އެސްއެމްއެސް ކުރިފަހުން މާލެ ޖަލަށް ރީ-ރަޖިސްޓްރީ ވެއްޖެކަމަށެވެ.

މަހްލޫފު ވަނީ ރީރަޖިސްޓްރީ ކުރެވިފައިވަނީ ރަނގަޅު ވޯޓު ފޮއްޓަތޯ ޔަގީން ކުރެއްވުމަށް އަމިއްލަ ފަރުދީ ޒިއްމާ އަދާ ކުރެއްްވުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ރައްޔިތުންގެ އަޑު އިއްވުމުން ގަދަ ބާރުގައި ރައީސް ޔާމީނަށް ވެރިކަމުގައި ނުހުންނެވޭނެކަމަށް ވިދާޅުވެފައެވެ.

މަހްލޫފުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ މާފުށީ ޖަލު ވޯޓު ފޮއްޓަށް ރަޖިސްޓްރީ ކުރައްވާފައިވާކަން ޔަގީންކޮށްދެއްވާ ފައެވެ.