ފ އަތޮޅު ނިލަންދޫގައި ބިދޭސީ ރައްޔިތަކު މަރުވެފައިވަނިކޮށް މިއަދު ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ބިދޭސީ މީހާގެ ހަށިގަނޑު ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 08:07 އެހާކަށްހާއިރު ކަމަށެވެ. އަދި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެނގިފައިވާ ގޮތުގައި ބަންގްލަދޭޝް މީހާ މަރުވެފައި އޮތް ކަން އެނގުނީ ވަޒީފާއަށް ނުގޮސް އޮތުމުން، ގޮސް ބެލިއިރު ހަރަކާތެއް ނެތިގެން ފުލުހުންނަށް އެންގުމުންނެވެ.
ފުލުހުން މިހާރު މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު ބިދޭސީ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.