Last Updated: May 11, 06:48
Saturday, May 11, 2024
ޚަބަރު

ތުޅާދޫން ގިނަ ބަޔަކު ނިކުމެ މެޑަމް ފާތުން އާއި ދެކޮޅަށް އަޑުއުފުލައިފި

އެމްޑީޕީގެ ބޮޑު ތާއިދެއް އޮންނަ ބ. ތުޅާދޫން ގިނަ އަަދަދެއްގެ ބަޔަކު ނިކުމެ ރައީސުލް ޖުމްހުރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް (މެޑަމް ފާތުން) އާއި ދެކޮޅަށް އަޑުއުފުލައިފިއެވެ.

ފާތުން އާއި ދެކޮޅަށް އެރަށުގެ ގިނަ ބަޔަކު ނިކުމެ އަޑު އުފުލީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް މިއަދު ހަވީރު މެޑަމް ފާތުން ތުޅާދޫއަށް ވަޑައިގަތުމުންނެވެ.

ފާޠުންއަށް މަރުހަބާ ކިއުމަށް ޕީޕީއެމް ސަޕޯޓަރުން ބަނދަރަށް ނިކުތްއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އެމްޑީޕީގެ ދިދަ އާއި ރީދޫ ޓީޝާޓުގައި ނިކުމެ އަޑު އުފުލާފައެވެ. ފާތުން އާއި ދެކޮޅަށް އަޑުއުފުލި މީހުން ވަނީ ރައިސް ޔާމީންގެ އިސްތިއުފާއަށް ގޮވާފައެވެ. އަދި ފާތުން އާއި ދެކޮޅަށްވެސް އެކި ޝުއޫރުތައް އެމީހުން ވަނީ ފާޅުކޮށްފައެވެ.

ފާޠުން އާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން މާލަސްތަކެއް ނުވެ އެކަމަނާގެ ސެކިއުރިޓީންވަނީ ފާޠުން އެސަރަހައްދުން ގެންގޮސްފައެވެ.