Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

މާލެ ވިޔަފާރި ބަނދަރު ރައީސް ޔާމީން ވިއްކާލަން އުޅުއްވި: މަލީހު

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ހަރު މުދާ ވިއްކަވަން ނިންމެވި ކަމަށާއި އެގޮތުން މާލެ ވިޔަފާރި ބަނދަރު ބޭރު ބަޔަކަށް ވިއްކާލަން މަސައްކަތް ކުރެއްވި ކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަލީހު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގެ ހަރު މުދާ ބޭރުގެ ފަރާތްތަކަށް ވިއްކާލަން މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން މާލެ ވިޔަފާރި ބަނދަރާއި، ފ. އަތޮޅު ބޭރު ބަޔަކަށް ވިއްކާލަން ނިންމެވި ކަމަށެވެ.

އަދި އެކަން ކާމިޔާބު ނުވީ ރައްޔިތުން އެކަމާއި ދެކޮޅަށް ތެދުވުމުން ކަމަށެވެ.

މަލީހު ވިދާޅުވީ މާލެ އަތޮޅުގައި އެންމެ ފަޅެއްވެސް ގިރިއެއްވެސް މިހާރު ނެތްކަމަށާއި، ހުރިހާ ތަނެއް ރައީސް ޔާމީން ވިއްކާލާފައިވާ ކަމަށެވެ. އަދި މާލެ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ 650 މިލިއަން ޑޮލަރަށް ކުރެވެން އޮތްވާ މިއަދު އެކުރައްވަނީ 1.2 ބިލިއަން ޑޮލަރަށް ކަމަށެވެ.