Last Updated: June 12, 17:14
Friday, June 12, 2026
ޚަބަރު

މަހަށް ނިކުތް ޒުވާނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުން އަންނަ އަދުނާން، ފޮޓޯ: ވީއެފްޕީ

ނ. ޅޮހީން ކުޑަދޯންޏެއްގައި އެކަނި މަހަށް ނިކުތް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ އެރަށު ފެހިވިނަ ހުސެއިން އަދުނާން (30އ)އެވެ.

އަދުނާން މަހަށް ނިކުތީ ރޭ 10:30 ހާއިރު ކަމަށާއި އޭނާ ގެއްލިފައިވަނީ ދޯނީގެ އިންޖީނު ހުއްޓިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އަދުނާން އާއި އެންމެ ފަހުން ގުޅިގައިފައިވަނީ ރޭ ދަންވަރު 1:30 ހާއިރު ކަމަށް އެމްއެެންޑީއެފްއިން ބުންޏެވެ. އަދި އޭރު ދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

15 ފޫޓު ދިގު މި ދޯނީގެ ކުލައަކީ މަޑު ނޫކުލަ ކަމަށް އެެންއެންޑީއެފްއިން ބުންޏެވެ.