Last Updated: April 25, 17:49
Thursday, April 25, 2024
ޚަބަރު

މެޑަމް ފާތުންއަށް "މާފަތި" ވީ ބިރަކަށް!

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމްގެ ކަރުގައި މާފަތި އަޅުވަން އެކަމަނާ ދެކޮޅު ހައްދަވައިފިއެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ހިތަދޫއަށް މިއަދު ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިބި ޕީޕީއެމް ސަޕޯޓަރުންގެ އެކަމަނާގެ ކަރުގައި ފިޔާތޮށި މާފަތި އެޅުވުމުން ފުރަތަމަ އެޅި މާފަތި ނެންގެވުމަށްފަހު ސެކިއުރިޓީއަތަށް ދިނުމަށްފަހު ދެވަނަ މީހަކު މާފަތި އަޅުވަން އުޅުން ފާތުން ދެކޮޅު ހައްދަވާ މަންޒަރު ފެނެއެވެ.

މެޑަމް ފާޠުން ކަރުގައި މާފަތި އަޅުވަން އެކަމަނާ ދެކޮޅު ހައްދަވާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު ގިނަ ބަޔަކު ދަނީ މެޑަމްއަށް ފާޑު ކިޔަމުންނެވެ.

އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފަތިވެސް ފެންނަނީ ބިރުވެރި އެއްޗެއްގެ ސިފައިގައި ކަމަށެވެ.

މެޑަމް ފާޠުން ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުގައި ބ. ތުޅާދޫއަށް އިއްޔެ ހަވީރު ވަޑައިގަތުމުން ގިނަ ބަޔަކު ވަނީ ނިކުމެ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވައި އަޑުއުފުލާފައެވެ.