ނ. ޅޮހިން އެކަނި މަހަށް ނިކުމެ އުޅެނިކޮށް ރޭ ގެއްލުނު ޒުވާނާ ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
ކުޑަ ދޯންޏެއްގައި އެކަނި މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނީ ނ. ޅޮހީ ފެހިވަނަ ހުސެއިން އަދުނާން (30އ) އެވެ.
އެމްއެންޑީއެފް އިން ބުނީ އަދުނާން ފެނުނީ ސީޕްލޭން ބޭނުންކޮށްގެން ބަލަމުން ދަނިކޮށް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި މިހާރު އޭނާ ނ.މަނަދުއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
ރޭ 22:30 ހާއިރު މަހަށް ނިކުތް އަދުނާންގެ ޚަބަރެއް އެންމެ ވީ ރޭ 01:30 ގައި ކަމަށް އޭނާގެ އާއިލާއިން ވަނީ ކުރިން ބުނެފައެވެ. އޭރު އޭނާގެ ބައްޕައަށް ގުޅައި ދޯނީގެ އިންޖީނު ސްޓާޓު ނުވެގެން އުޅޭކަމުގެ މައުލޫމާތުދިން ކަމަށާއި ދޯނި މާފަރު ކަނޑުއޮޅިން ބޭރަށް ދާ ކަމަށް އޭނާ ބުނި ކަމަށް އާއިލާއިން ބުނެއެވެ.