Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

"މިއީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް!"

އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ތިނަދޫ އިސްލާމިކް ސެންޓަރގެ ގޯތި ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ނަންގަވާފައިވާ ފޮޓޯއަކަށް ބޮޑެތި ފާޑު ކިއުންތައް އަމާޒުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެފޮޓޯ އާއި ގުޅޭ ގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ އެއީ ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށެވެ.

މި ފޮޓޯ ޓްވީޓު ކުރައްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފު ވަނީ ޝަހީމަށް ފާޑު ވިދާޅުވެފައެވެ. ޝަހީމް ވަނީ ތިނަދޫ އިސްލާމިކް ސެންޓަރ ތަރޭގައި ބައެއް އަންހެނުން ތަކަކާއި އެކު ފޮޓޯ ނަންގަވާފައެވެ.

ޝަހީމް ތިނަދޫއަށް ވަޑައިގެންފައިވަނީ ފުވައްމުލަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅަކަށް ފަހުއެވެ.