Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ވަރަށް ބޮޑަށް ކާމިޔާބުގެ ރަހަ ލާން ފަށައިފި: އަޒްލީން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ދިވެހި ރަައްޔިތުންގެ މެދގައި ތާއީދު އޮތް މިންވަރުން މިހާރުވެސް "ކާމިޔާބުގެ ރަހަ ލާން ފަށައިފި" ކަމަށް ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

އަޒްލީން މިހެން ވިދާޅުވީ ރޭ މާލޭގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

"ވަރަށް ބޮޑަށް ކާމިޔާބުގެ ރަހަ މިހާރު ވެސް އަޅުގަނޑުމެންނަށް ލާން ފަށައިފި" -ހޯމް މިނިސްޓަސް އަޒުލީން-

ރައީސް ޔާމީން އަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދު ކުރާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން އަޒްލީން ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ ވެރިކަމަށް ގެންނަން އެމްޑީޕީން ވެސް ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ބައެއް ރަށްށުގައި 35 މީހުންވެސް އިބޫއަށް މަރުހަބާ ދަންނަވަން ވަޑައި ނުގަންނަވާ ކަމަށް ވެސް އަޒްލީން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ވަޒީރުންގެ ތެރެއިން މިފަހަކަށް އައިސް ރައީސް ޔާމީނަށް އެންމެ ބޮޑަށް ހުޝާމަދުކޮށް ވާހަކަ ދައްކަމުން ގެންދަވާ މިނިސްޓަރު އަޒްލީން ވިދާޅުވި ގޮތުގައި އިދިކޮޅުން އުޅެނީ، ރައީސް ޔާމީނާއި މެޑަމް ފާތިމަތު އިބްރާހިމަށް އޮތް ތާއީދު ފެނި ހަޖަމު ނުވެގެންނެވެ.