Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ސިހުރު ހަދައިގެން އެމްޑީޕީއަށް ވެރިކަން ހޯދަން އުޅޭ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއް، ފޮޓޯ: ރާއްޖެއެމްވީ

ސިހުރު ހަދައިގެން އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އިއްޔެ ހދ. ކުޅުދުއްފުށިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި ކައުންސިލްގެ ޒިންމާދާރުވެރިޔާ އިސްމާއިލް އިބްރާހިމާއި ކައުންސިލްގެ ސީނިއާ އެޑްމިން އޮފިސަރ ހުސެއިން އަލީ އަދި އެހެން ރައްޔިތެކެވެ.

މިމީހުން ހައްޔަރުކޮށްގެން ފުލުހުން ވަނީ އެމީހުން ދިރިއުޅޭ ތަން ވެސް ބަލާ ފާސްކޮށްފައެވެ. އަދި އެމީހުން ސިހުރު ހެދުމަށް ބޭނުންކުރާ ލިޔެކިޔުންތަކާއި ޕެންޑްރައިވްއެއް ހޯދުމަށް ކޯޓު އަމުރުގައި ފުލުހުންނަށް އަމުރުކޮށްފައިވެއެވެ.

މިމައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވެއެވެ. ނަމަވެސް ސިހުރު ހެދިކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފައިވާ ކަން ކައުންސިލުން ވަނީ ބައެއް މީޑިޔާތަކަށް ކަށަވަރުކޮށްދީފައެވެ.