Last Updated: June 12, 11:16
Friday, June 12, 2026
ދުނިޔެ

ކެރެލާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދުން 100އަށް ވުރެ މައްޗަށް!

އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް އެގައުމުގެ ރަސްމީ ފަރާތްތަކުން ބުނެފިއެވެ.

ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯރުތައް ބަންޑުންވެ މަރުވި މީހުންގެ އަދަދު 100އަށް އަރާފައިވާ ކަމަށެވެ. މި ވިއްސާރައިގެ ސަބަބުން އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައިވާ އިރު އެހީ ދޭފަރާތްތަކަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ.

ކެރެލާއަށް ކުރަމުންދާ ވިއްސާރާގައި ލިބުނު ގެއްލުން ނަރެންދުރަ މޯދީ ވަނީ އެ ސްޓޭޓަށް ވަޑައިގެން ބައްލަވާލައްވާފައެވެ.

އާއްމުކޮށް ދިވެހިން ބޭސްފަރުވާއަށްދާ ޓްރެވިންޑްރަމް އަދި ކޮޗިންގައިވެސް ފެންބޮޑުވެފައިވާއިރު ބައެއް ދިވެހިން ވަނީ ހާލުގައި ޖެހިފައެވެ. އެގޮތުން އާެއްމުކޮށް ދިވެހިން ގޮސް އުޅޭ ޓްރެވިންޓްރަމްގެ ކޮސްމޯ ހޮސްޕިޓަލް ސަރަހައްދުގައި ތިބި ދިވެހިން ތިބި ގެެއެއްގައި ފެންބޮޑުވުމާއި ގުޅިގެން އެ މީހުންތައް މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ބުނެފައިވަނީ ކުރިއަށް ހުރި ދުވަސްތަކުގައިވެސް ކެރެލާ ސްޓޭޓަށް މޫސުމް ގޯސްވެ ވިއްސާރަ ކުރާނެކަމަށެވެ.