Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މަސް ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްފި

ރާއްޖޭގެ މަސްވެރިންތަކެއް - ފޮޓޯ: ބީޗް ހެވަން މޯލްޑިވްސް

ދިގު މުއްދަތަކުން އަގު އަދާކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީން ކުރިން ދޫކޮށްފައިވާ އިންޖީނާއި ދޯނިތަކުގެ ޖޫރިމަނާ މާފުކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނިންމަވައިފި އެވެ.

މިކަން ހާމަކުރެއްވީ، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޝައިނީ ވިދާޅުވެފައި ވަނީ އެ މިނިސްޓްރީން ދޫކޮށްފައިވާ އިންޖީނާއި ދޯނިތަކަށް މިހާތަނަށް މަސްވެރިން ދައްކަން ޖެހި، އެކަމަކު ނުދައްކައި ހުރި ފައިސާތައް އެއް އަހަރާއި ދެ އަހަރާއި ދެމެދުގެ މުއްދަތެއްގައި ދައްކާ ޚަލާސް ކުރުމަށް އިތުރު ފުރުސަތެއް ދޭން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޔާމީން މިގޮތަށް ނިންމެވިއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ވެސް ގެންދަވަނީ މަސްވެރިކަމުގެ ދާއިރާ އާއި ގުޅޭ ވައުދުތަކެއް ވަމުންނެވެ. އެގޮތުން، ތެލުގެ ޑިއުޓީ ކަނޑާލައި ތެލުގެ އަގު ހެޔޮ ކުރާނެ ކަމުގެ ވައުދު އިބޫ ވަނީ ވެފަ އެވެ.