Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ފުރުން ލަސްވެއްޖެ

ޑިސެމްބަރު މަހު ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ސައުދީ އެއާލައިނަށް ދިމާވި މައްސަލައަކާއި ގުޅިގެން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް މިއަދު ހަމަޖެހިފައިވާ ހައްޖުވެރިންގެ ފުރުން ލަސްވެއްޖެ އެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއާ އިން ދޫކުރި 2000 ކޯޓާގެ ތެރެއިން 1000 ކޯޓާ ދިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަދު ހެނދުނު ފުރަން ހަމަޖައްސާފައި ވަނީ 400 މީހެކެވެ. އެ މީހުން ފުރަން ކުރިން ހަމަޖައްސާފައި އޮތީ މެންދުރު ފަހު 15:30 ގަ އެވެ.

އެހެންނަމަވެސް ސައުދީ އެއާލައިނުން ބުނީ ކޮމްޕިއުޓާ ސިސްޓަމްއަށް ދިމާވި އިޝޫއަކާ ގުޅިގެން ފްލައިޓް ޑިލޭވެފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް އެމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައުދި އަރަބިއާއިން ރާއްޖެއަށް އާންމުކޮށް ދޫކުރަނީ 1،000 ކޯޓާ ކަމުގައިވިޔަސް، ސައުދީން ވަނީ ރާއްޖެއަށް އިތުރު 1،000 ކޯޓާ ދޫކޮށްފައެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ 19 އޮގަސްޓެވެ.