ޕޮގްބާގެ ކުޅުމާއި އުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ކުރިއަށް އޮތް މެޗުގައިވެސް ޔުނައިޓެޑުގެ ކެޕްޓަނަކަށް ހުންނާނީ އޭނާ ކަމަށް ކޯޗު މޮރީނިއޯ މިއަދު ބުނެފިއެވެ.
ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ޔުނައިޓެޑުން އާދީއްތަ ދުވަހު ކުޅުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް މޮރީނިއޯ ބުނެފައިވަނީ އޭނާއަށް ޕޮގްބާއާ މެދު އިތުރަށް ހިތްހަމަނުޖެހޭނެ ކަމަށާއި އެހާވެސް އޭނާއަށް ރުހިފައިވާ ކަމަށެވެ.
ޖޯސޭ މިހެން ބުނެފައިވަނީ އޭނާއާއި ޕޮގްބާއާ ދެމެދު މައްސަލަ ޖެހި، ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމަށް މީޑިޔާގައި އަޑު ފެތުރިފައި ވަނިކޮށެވެ.
މޮރީނިއޯ އިތުރަށް ބުނެފައިވަނީ ކެޕްޓަން ވެލެންސިއާ އާއި މަޓިޗް އަދި ލިންގާޑް ވެސް ޓްރެއިނިންގައި ބައިވެރިވެފައިވާ ކަމަށެވެ. ނަމަވެސް އެމީހުން އަދި ފުރަތަމަ އެގާރައަށް ނުވަތަ ޓީމަށް އެނބުރި އައުމަށް ތައްޔާރު ނޫން ކަމަށް ޖޯސޭ ބުނެފައިވެއެވެ.