Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އެއީ އަދި މިސްކިތެއް ނޫން، އެއީ ކޮންސްޓްރަކްޝަން ސައިޓެއް: ޝަހީމް

ގދ. ތިނަދޫގައި މި ސަރުކާރުން ހަދަމުންދާ އިސްލާމިކް ސެންޓަރގެ ހުރުމަތް ނުކަނޑާ ކަމަށާއި އެއީ އަދި ހަދަމުން އަންނަ އިމާރާތެއް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ތިނަދޫ އިސްލާމީ މަރުކަޒުގެ އިމާރާތުގެ ސިޑި މަތީގައި ދެ ޖިންސްގެ މީހުން މަސްހުނިކޮށް އެމީހުންނާއި އެކު ހުރެ ޝަހީމް ފޮޓޯ ނެގުމާއި ގުޅިގެން އެތައް ބަޔަކު ދަނީ މިސްކިތުގެ ހުރުމަތް ކަނޑާލިކަމަށް ބުނެ ޝަހީމްއަށް ފާޑު ކިޔަމުންނެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ރޭ ޝަހީމް ވިދާޅުވީ އެއިމާރާތަކީ އަދި މިސްކިތެއް ނޫންކަމަަށާއި އެއީ ކޮންސްޓްރަކްޝަން ސައިޓެއް ކަމަށެވެ. އަދި ފާޑު ކިޔަނީ އެ މަންޒަރު ހަޖަމު ނުކުރެވިގެން ކަމަށެވެ.

"އެމީހުން ބުނަމުން ދިޔައީ އަޅުގަނޑުމެން މިސްކިތެއްގެ ހުރުމަތް ކަނޑާލައިފިއޭ، އެއީ އަދި މިސްކިތަކަށްނުވެ ހުރިތަނެއް، އަޅުގަނޑުމެން އަދި އެތާ އެތެރެއަކަށްވެސް ނުވަންނަން އިއްޔެ، އަޅުގަނޑުމެން ފޮޓޯއެއް ނެގީ އެތާ ބޭރުގަ ސިޑިމަތީގަ، އެތާގެ އެތެރެއަކަށް އަޅުގަނޑުމެންގެ މީހުނެއް ނުވަދެ، އެއީ އަދި އިމާރާތް ކުރެވެމުންދާ ތަނެއް، އެއީ އަދި ނިމިފަ ހުރި ތަނެއް ނޫން، އެއީ ކޮންސްޓްރަކްޝަން ސައިޓެއް،"

ޝަހީމް ވިދާޅުވީ ރެރަށުގެ ރައްޔިތުން އެތަން ބަލާލަން ގޮސް ފޮޓޯ ނެގުމަކީ މައްސަލައެއް. ނޫން ކަމަށާއި އެފޮޓޯތަކުން އެއިމާރާތް މުޅި ދުނިޔެއަށް ފެނިއްޖެ ކަމަށެވެ.

އިސްލާމީ ޝިއާރުތަކާއި، ބިނާތަކުގެ ހުރުމަތް ދުވަހަކުވެސް ކަނޑާނުލައްވާނެ ކަމަށެވެ.