Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ދެން އިތުރަކަށް ހުޅުމާލެ ތަރައްގީއެއް ނުކުރެވޭނެ: ސައީދު

ހުޅުމާލެ ތަރައްގީ ކުރާނެ ޕްލޭނެއް އެބައޮތް ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާޙިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވުމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިބޫ އަށް ރައްދު ދެއްވައިފިއެވެ.

ހުޅުމާލެ ހުޅުމާލޭގެ ތަރައްގީ ކުރުމުގެ ކަންކަން ކެބިނެޓުގެ ފަރާތުން އިސްވެ ބެއްލެވުމަށް ރައީސް ޔާމީން ކަނޑައަޅުއްވާފައި ހުންނަވާ މިނިސްޓަރު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ވަނީ ހުޅުމާލެ ތަރައްގީ ކުރައްވާފައި ކަމަށާއި އެއަވަށުގައި އިތުރަށް ތަރައްގީ ކުރާނެ ކަމެއް ނެތް ކަމަށެވެ.

"ރައީސް ޔާމީން ވަނީ ހުޅުމާލެ ތަރައްގީ ކުރައްވާފަ. ހުޅުމާލޭގެ ހިޔާ މަޝްރޫއު ނިމި ވިޔަފާރިއާއި ގެދޮރުވެރިކަމުގެ މަސައްކަތް ނިމޭއިރު ކުރާކަށް އިތުރު ތަރައްގީއެއް ނޯންނާނެ…"

ސައީދު ވަނީ އިއްތިހާދުގެ "މަސްހުނި" ފިކުރަށް ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްގީގެ މަޝްރޫއުތައް ނުހިންގޭނެ ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ އެބޭފުޅުންގެ ވިސްނުން އެއްގޮތް ނުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިލިމާލެ 2، އިއުލާން ކުރައްވައި 3 ލައްކަ މީހުންނަށް ދިރިއުޅެވޭނެ ގޮތް ހައްދަވައި ދެއްވަން، އެކަމުގެ އަމަލީ މަސައްކަތް މާގިނަ ދުވަސްތަކެއް ނުވެ ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.