Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

ކެންޑިޑޭޓު ނަންބަރ އެކެެއް ޔާމީންއަށް ، ދޭއް އިބޫއަށް!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބޫކޮށްފިއެވެ.

އިލެކްޝަން ކަމިޝަނުގައި މިއަދު ހެނދުނު ބޭއްވި ކެންޑިޑޭޓުންގެ ގުރުލުމުގެ ރަސްމިއްޔާތުގައި ރައިސް އަބްދުﷲ ޔާމީނަށް އެއް ނަމްބަރު ލިބިފައިވާއިރު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ލިބިވަޑައިގެންނެވީ ނަމްބަރު ދޭކެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހަތް ފަރާތަކުން ފޯމު ހުށައެޅި ނަމަވެސް ވާދަކުރަނީ ރައީސް ޔާމީނާއި އިބޫ އެކަންޏެވެ.

އަމިއްލަ ގޮތުން ކުރިމަތިލެއްވި ހުސެއިން ނަސީރުގެ ކެންޑިޑޭސީ އީސީން ބާތިލުކޮށްފައިވާއިރު އުމަރު ނަސީރު ވަނީ ފަހު ވަގުތު އިންތިޚާބުގައި ބައިވެރިނުވާން ނިންމާފައެވެ.