Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އަނބިކަނބަލުން ސިޔާސީ ދާއިރާއިން ނުފެންނާނެ: އިބޫ

އިބޫއާއި އަނބިކަނބަލުން ފަޒްނާ ބައިސްކަލު ދުއްވަނީ-

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހުމަދަކީ ސިޔާސީ ދާއިރާއިން ފެނިވަޑައިގަންނަވާނެ ކަނބަލެއް ނޫން ކަމަށް އިބޫ ސޯލިހް ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނުގައި ފަސްޓްލޭޑީ ފާތިމަތް އިބްރާޙިމް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ދަނޑިވަޅެއްގައި ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް މެޑަމް ފާތުން އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިބޫ ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާގެ އަންހެނުން ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތީ އިޖުތިމާއީ މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ކުރީގެ ރައީސުންގެ އަނބިކަނބަލުން ވެސް އެއްވެސް ވަރަކަށް ސިޔާސީ މަސައްކަތްތަކުގައި އުޅުއްވާފައެއް ނުވެއެވެ. ނަމަވެސް އިޖުތިމާއީ ކުރިއެރުން ހޯއްދެވުމަށް ކުރީގެ ރައީސުންގެ އަނބިކަނބަލުން ވަނީ މަސައްކަތް ކުރައްވާފައެވެ.