އދ. ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އަވާހަރަވެއްޖެއެވެ.
ކޯފީ އަނާން އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަނާން އަވަހަރަވީ ކުޑަވަރެއްގެ ސިއްހީ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހު ކަމަށެެވެ.
ގާނާއަށް އުފަން ކޯފީ އަނާން ވަނީ 1997 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް އދ. ޖެނެރަލް ސެކްރެޓަރީކަން ކުރައްވާފައެވެ.
އޭގެ ފަހުން އަނާން ހުންނެވީ އދ، އިން ސީރިއާއަށް ކަނޑައަޅުއްވާފައިވާ މަންދޫބަކަށެވެ.
ސުލްހައިގެ އިނާމް ހޯއްދަވާފައިވާ އަނާން ދާދި ފަހުން ވަނީ ރާއްޖޭގެ ސްޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ބަޔާނާއި ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއްލާން ކުރެއްވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރުއްވާފައެވެ.