Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އިބޫ އިންތިހާބަށް ނިކުންނެވީ އެހެން މީހެއްްގެ މާސްކު އަޅުއްވައިގެން: ޠޯރިޤް

ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނިކުންނެވީ ވެރިކަން ކުރައްވަން ބޭނުންފުޅު ވެގެން ނޫންކަމަށާއި، އެހެން މީހެއްގެ މާސްކު އަޅުއްވައިގެން ކަމަށް އެންވައިރަމެންޓު މިނިސްޓަރ ޠޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ "ރުމާލު 2" ޖަގަހަގައި ވާހަކަފުޅު ދައްކަވަމުން ޠޯރިގް ވިދާޅުވީ އިބޫ ރަށް ރަށައް އަރާ ވަޑައިގަންނަވަނީ އެއްވެސް ތައްޔާރުވުމެއް ނެތި ކަމަށާއި، ވައުދުވަނީ އެރަށްރަށުގައި މި ސަރުކާރުން ފުއްދާދީފައިވާ ކަންކަން ކޮށްދެއްވުމަށް ކަމަށެވެ.

ޠޯރިގު ވިދާޅުވީ އިބޫގެ ވާހަކަފުޅު ތަކުން އެމަނިކުފާން ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަން ދޭހަވާކަމަށާއި، އެމަނިކުފާން ކެމްޕެއިން ކުރައްވަނީ އެހެން މީހެއްގެ މާސްކު އަޅުއްވައިގެން ކަމަށެވެ.

"އެބޭފުޅާ ދައްކަވާ ވާހަކަ އަޑު އަހާލީމާ އެބަ އެނގޭ އެމަނިކުފާނަކީ 18 މަސް ދުވަހު ވެރިކަން ކުރައްވަންކަން ހުރިހާ ކަމެއް ރާވާފައިވަނީ، ދެންމެ އަޅުގަނޑުމެންގެ މެމްބަރު ނިހާނު ފާހަގަ ކުރެއްވި ގޮތަށް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަން ކޮށްދެއްވާނެ ކަމަށް އެބަ ވިދާޅުވޭ، ރަށް ރަށުގެ ނަރުދަމާ އަޅުއްވާ ދެއްވާނަމޭ އެބަވިދާޅުވޭ، ބައެއް ރަށް ރަށުގަ ބްރިޖް އަޅުއްވާ ދެއްވާނަމޭ އެބަ ވިދާޅުވޭ، ބައެއް ރަށް ރަށުގެ އެއާޕޯޓު އަޅުއްވާ ދެއްވާނަމޭ އެބަ ވިދާޅުވޭ، އެއީ މިސަރުކާރުން ކުރަމުން އަންނަ ކަންތައް، އެހެންވީމާ ރަށް ރަށައް އަރާވަޑައިގަންނަވަނީ އެއްވެސް ގޮތަކަށް ތައްޔާރުވެގެނެއް ނޫން، އެހެންވީމާ އަޅުގަނޑުމެންގެ ވެރިކަން ކޮންމެހެން ކުރަން ބޭނުން ނުވާ ނޫނީއްޔާމު އެހެން މީހެއްްގެ މާސްކު އަޅައިގެން ވެރިކަން ކުރަންވެގެން ހޯދަން ވެގެން އަރާ މީހަކު ބޭނުމެއް ނުވާނެ ކަންތައް ތަކާއި ވިސްނާކަށް ރައްޔިތުންގެ ކުރިމަގަށް ވިސްނާކަށް"

ތޯރިގު ވިދާޅުވީ އިބޫ ރަށް ރަށުގެ މައުލޫމާތު ހޯއްދަވަނީ އެރަށަކަށް ފައިބާވަޑައިގެން ކޮންމެވެސް މީހަކު ކައިރިން އަހައިގެން ކަމަށެވެ. އެގޮތުން އެހުމުން ބައެއް މީހުން ލަނޑު ދިނުމުގެ ގޮތުންވެސް ބައެއް ކަންކަން ބުނެ ދޭކަމަށެވެ.

އަދި ރަށްރަށައް ވަޑައިގަންނަވާނަމަ އެރަށުގެ މައުލޫމާތު އެބޭފުޅުން ގާތު އެއްސެވުމަށް ޠޯރިގު ވިދާޅުވިއެވެ.