Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ރާއްޖެއިން މިއަހަރު ހައްްޖަށްދާ އެންމެން ފުރައިފި

ރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ އަރަބިއާއަށް ދާ ހުރިހާ ހައްޖާޖީން ފުރައިފިއެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް މިއަހަރު ރާއްޖެއިން 1397 މީހަކު ސައުދީ އަރަބިއާއަށް ގޮސްފައިވާ އިރު އޭގެ ތެރެއިން އެންމެ ފަހު ގްރޫޕް ފުރާފައިވަނީ މިއަދު ހަވީރުއެވެ.

ރާއްޖެއިން ފުރަން ހަމަޖެހިފައި އޮތް އެންމެ ފަހު ގްރޫޕްގައި ހިމެނޭ 397 މީހުން ސައުދީއަށް ނުފުރި ލަސްވީ ސައުދީ އެއާލައިންސަށް ޓެކްްނިކަލް މައްސަލަތަކެއް ޖެހިގެންނެވެ.

މިއަދު ފުރާފައި ވަނީ ޙައްޖު ކޯޕަރޭޝަނާއި އަލްޙަރަމައިން ޖަމާޢަތާއި ތަޒްކިޔާ ޖަމާޢަތުގެ ޙަވާލުގައި ހައްޖާދާ 379 ޙައްޖުވެރިންނެވެ. މީގެ ތެރޭގައި ހިމެނެނީ ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޙައްޖަށްދާ 355 މީހުންނާއި ތަޒްކިޔާ ޖަމާޢަތުގެ 13 މީހުން އަދި ޙަރަމައިން ޖަމާޢަތުގެ 11 މީހުންނެވެ.

ހައްޖު ކޯޕަރޭޝަނަށް ލިބުނު 1000 މީހުންގެ ކޯޓާގެ ތެރެއިން 900 މީހުންގެ އެންމެ ފަހު 355 މީހުން މިއަދު ފުރިއިރު ބާކީ ހުރިހާ ހައްޖާޖީން ވަނީ ސައުދީއަށް ގޮސްފައެވެ.