Last Updated: May 4, 11:48
Saturday, May 4, 2024
ޚަބަރު

ތިނަދޫގެ އިދިކޮޅު ފިކުރުގެ ބައެއް މީހުން ޕީޕީއެމްއަށް ބަދަލުވެއްްޖެ: ޝަހީމް

ޑރ. ޝަހީމް ތިނަދޫގެ ސަޕޯޓަރުންނާއި އެކު، ފޮޓޯ: ޝަހީމް އެފްބީ ޕޭޖް

ތިނަދޫގެ އިދިކޮޅު ފިކުރުގެ ބައެއް މީހުން ޕީޕީއެމްއަށް ބަދަލުވެއްޖެކަމަށް ރައީސް ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި މިއަދު ރައީސް ޔާމީންއަށް އޮތް ތާއިދު ދައްކާލުމަށް ބޭއްވި ހިނގާލުމަށްފަހު ބައިވެރިންނާއި މުހާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ފާއިތުވި ދެތިން ދުވަހު ވަރަށް ގިނަ ތިނަދޫގެ މީހުންނާއި ބައްދަލުކޮށްފައިވާ ކަމަށާއި، ވަރަށް ގިނަ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ފިކުރު ހުރި ގޮތް އޮޅުން ފިލުވާފައިވާ ކަމަށެވެ. އެގޮތުން އިދިކޮޅު ފިކުރުގެ ބައެއް މީހުން ޕީޕީއެމްއަށް ބަދަލުވެފައިވާކަމަށް އެމީހުން ބުނެފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިރަށުގައި އަޅުގަނޑު އުޅުނު ދެތިން ދުވަހުގެ ތެރޭގައި މިރަށުގެ ރައްޔިތުންގެ ފަރާތުން ބައެއް ހިޔާލުތަކާއި، މަޝްވަރާ އަޅުގަނޑަށް ލިބުނު، އަދި މިރަށަށް އިތުރަށް ބޭނުންވާ ކަންތަކުގެ ވާހަކަވެސް ރައްޔިތުން ހުށަހެޅި، އަޅުގަނޑު ވަރަށް ގިނަ ގޭބިސީތަކަށް ވަނީ ޒިޔާރަތްކޮށްފައި، މީހުންނާއި ބައްދަލު ކޮށް، ވާހަކަ ދައްކާފައި. ތަފާތު ފިކުރު ތަކުގެ މީހުންނާއި ވެސް ވަނީ ބައްދަލުކޮށް ވާހަކަ ދައްކާފައި. އަނެއް ފިކުރުގެ މީހުންނާއި ވެސް ވަނި ބައްދަލުކޮށް ވާހަކަ ދައްކާފައި. އެފިކުރުގެ ތެރެއިން މިފިކުރަށް މިހާރު ވަރަށް ގިނަ މީހުން ބަދަލުވެއްޖެ ވާހަކަ ވެސް އަޅުގަނޑު ގާތު ވިދާޅުވި، އެހެންވީމާ އެއީ އަޅުގަނޑުމެންނަށް ލިބޭ ހިތްވަރެއް" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވަނީ މެމްބަރު ސައުދު އާއި އަބްޅޯވެސް އަލުން ޕީޕީއެމްއާއި ގުޅުމަށް ގޮވާލާފައެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް އަގު ނުކުރެވޭ ތަރައްޤީ ގެނެސްދެއްވާފައިވާ ކަމަށާއި، ތަނަވަސް އައުލަބިއްޔަތަކުން ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރާ މަންޒަރު ފެންނަމުންދާ ކަމަށެވެ.