Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

އިބޫގެ ކެމްޕޭން މެނޭޖަރުކަމާ ނަޝީދު ހަވާލުވެއްޖެ

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭން މެނޭޖަރު ކަމާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަވާލުވެއްޖެއެވެ.

އިބޫ "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ނަޝީދު ވަނީ އެބޭފުޅުންގެ ވަޓްސްއެޕް ގްރޫޕުގައި އެމަނިކުފާނު އިބޫގެ ކެމްޕޭނު މެނޭޖަރު ކަމާއި ހަވާލުވެފައިވާ ކަން އިއުލާން ކުރައްވާފައި ކަމަށެވެ.

އަދި އިބޫގެ ކެމްޕޭނުގައި ނަޝީދުގެ ބައިވެރިވުން ކުޑަ ކަމަށް ބައެއް މީހުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދު ކެމްޕޭނުގައި މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ސްރީ ލަންކާއިން ކަމަށް އިބޫ ވިދާޅުވިއެވެ.