Last Updated: May 17, 00:08
Friday, May 17, 2024
ޚަބަރު

ފޭކް ވޯޓު ކަރުދާސް ނުހެދުމަށް އީސީން އިންޒާރު ދީފި

ވޯޓު ކަރުދާހުގެ ގޮތުގައި ބެލެވިދާނެފަދަ އެއްޗެއް އިލެކްޝަން ކޮމިޝަން (އީސީ)ގެ ލޯގޯ ބޭނުންކޮށްގެން ތައްޔާރުކޮށްގެން ސޯޝަލް މީޑިއާގައި ބޭނުން ކުރަމުންދާތިވެ އެފަދަ ކަންކަން ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

މިއަދު ނެރުނު ބަޔާނުގައި އީސީން ބުނެފައި ވަަނީ ކުރިޔަށް އޮތް ރިިޔާސީ އިންތިހާބާ ގުޅިގެން ވޯޓު ކަރުދާހެއް ގޮތުގައި ބެލެވިދާނެ ފަދަ ތަކެތި ހަދައިގެން ސޯޝަލް މީޑިއާގެ ތެރޭގައި ފަތުރަމުންދާ ކަމަށެވެ. ނަމަވެސް އެ ކޮމިޝަންގެ ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިހާބެއްގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އެއްޗެއް އުފެއްދުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން އީސީގެ ލޯގޯ ބޭނުންކޮށްގެން ނުވަތަ އެނޫންވެސް އެފަދަ ގޮތަކަށް ވޯޓު ކަރުދާހުގެ ނަކަލުގެ ގޮތުގައި ބެލެވިދާނެފަދަ އެއްވެސް އެއްޗެއް ހަދައި، ބޭނުން ނުކުރުމަށް އަންގާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މިފަދަ ކަންތަކަކީ މަޖަލަކަށް ވެސް ކުރުން ރަނގަޅު ކަންތަކަށް ނުވާތީ ރައްޔިތުންގެ ތެރެއިން ކޮންމެ ފަރުދަކުވެސް މިކަމާއިމެދު ވިސްނާލުން ރަނގަޅެވެ.