ގިނަ ޕާޓީ އެކުލެވޭ ނިޒާމަކީ ތަރައްްޤީއަށް ވެސް އެންމެ މުހިއްމު ނިޒާމު ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ މެމްބަރުންނަށް ކިޔުމަށް ކުރެއްވި ޓްވީޓެއްގައެވެ.
މިއަދު ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ ޤައުމިއްޔަތެއް ބިނާ ކުރުމަށް އަދި ޤައުމެއްގެ ތަރައްޤީއަށް ވެސް އެންމެ މުހިއްމު ނިޒާމް ކަމަށެވެ.
Gina party ekulevey siyaasee nizaam akee qaumiyatheh binaa kurumah adhi qaumehge tharaqeeah ves enme muhinmu nizaam. Adhaalath Party ge mi aharee duvahu, e party ge enme memberunnah marhabaa
— Mohamed Nasheed (@MohamedNasheed) August 19, 2018
" ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ ޤައުމިއްޔަތެއް ބިނާ ކުރުމަށް އަދި ޤައުމެއްގެ ތަރައްޤީއަށް ވެސް އެންމެ މުހިއްމު ނިޒާމް. އަދާލަތު ޕާޓީގެ މި އަހަރީ ދުވަހު، އެ ޕާޓީގެ އެންމެ މެމްބަރުންނަށް މަރުޙަބާ" ނަޝީދު ވިދާޅުވިއެވެ.
މި ޓްވީޓްގައި އަދާލަތު ޕާޓީގެ އެންމެހާ މެމްބަރުންނަށް އެ ޕާޓީގެ އަހަރީ ދުވަހަށް ނަޝީދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.