އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެމްޕިއަންސް މެންޗެސްޓާ ސިޓީއާއި ހަޑާސްފީލްޑް ބައްދަލުކުރި މެޗު 1-6 އިން ސިޓީ ކާމިޔާބުކޮށްފިއެވެ.
މިމެޗުގައި ސިޓީގައި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާފައިވަނީ ސިޓީގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ފޯވާޑް ކުން އަގުއޭރޯއެވެ. މިމެޗުގައި އަގުއޭރޯގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ 25، 35 އަދި 75 ވަނަ މިނެޓުގައެވެ.
ސިޓީގެ ބާކީ ލަނޑުތައް ފެނިގެން ގޮސްފައިވަނީ ގެބްރިއަލް ޖެސޫސް އަދި ޑޭވިޑް ސިލްވާ 25 ޔާޑު ބޭރުން ފޮނުވާލި ހިލޭ ޖެހުމުންނެވެ. ސިޓީގެ ހަވަނަ ލަނޑަކީ ހަޑަސްފީލްޑުގެ ކޮންގޮލޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި ހަޑަސްފީލްޑުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ޖެހީ ސްޓެންކޮވިޗްއެވެ.
ލީގުގައި މިއަދު ބާންލީ އާއި ވަޓްފޮޑް ބައްދަލުކުރި މެޗު ވަޓްފޮޑް ވަނީ ފަސޭހަކަމާއެކު 1-3 އިން ކާމިޔާބުކޮށްފައެވެ. ވަޓްފޮޑްގެ ލަނޑުތައް ޖަހާފައިވަނީ އަންޑްރޭ ގްރޭ، ވިލް ހިއު އަދި ޓްރޮއި ޑީނީއެވެ. ބާންލީގެ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ޖޭމްސް ޓަކޯސްކީއެވެ.