Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

މީހުން މާލެ ގެނެސް ތޮއްޖެއްސިދާނެ، އުފާވެރި ދިރިއުޅުމެއް ނުލިބޭނެ: އަލީ ހުސައިން

ފޮޓޯ:ރާއްޖެ.އެމްވީ

ރަށްރަށުގައި އެކިއެކި މަސައްކަތް ކޮށްގެން ދިރިއުޅެމުންދާ ދެލައްކަ މީހުން މާލެ ގެންގޮސް ތޮއްޖެއްސިދާނެ ކަމަށާއި، އެހެން ނަމަވެސް އެމީހުންނަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ހުސައިން ވިދާޅުވީ ރަށްރަށުގައި މަސްވެރިކަން ނުވަތަ ދަނޑުވެރިކަން ނޫނީ އެރަށަކާއި ގުޅުން ހުރި ކޮންމެވެސް މަސައްކަތެއް ކޮށްގެން ދިރިއުޅެމުންދާ ދެލައްކަ މީހުން މާލެއަށް ގެންގޮސް ތޮއްޖެއްސިދާނެ ކަމަށެވެ. އެކަމަކު އެމީހުންނަށް ވަޒީފާއާއި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ ކަމަށެވެ.

"ރަށްރަށުގައި މަސްވެރިކަން ނުވަތަ ދަނޑުވެރިކަން ނޫނީ އެރަށަކާއި ގުޅުން ހުރި ކޮންމެވެސް މަސައްކަތެއް ކޮށްގެން ދިރިއުޅެމުންދާ ދެލައްކަ މީހުން މާލެއަށް ގެނެސް ތޮއްޖެއްސިދާނެ. އެކަމަކު އެމީހުންނަށް ވަޒީފާއާއި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން އަކީ ގުޅިފައިވާ ޕާޓީތަކަށް ތާއީދު ކުރައްވާ ރައީސް ޔާމީނުގެ ސަރުކާރަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ.