Last Updated: July 1, 14:02
Wednesday, July 1, 2026
ޚަބަރު

އަތޮޅު މަދަރުސާގައި "އޭ" ލެވެލް އިފްތިތާހުކޮށްފި

ސ. އަތޮޅު މަދަރަސާގައި އޭ ލެވެލް އަށް ކިޔަވަ ދިނުން އިފްތިތާހު ކުރުމުގެ ރަސްމިއްޔަތުގައި އިމާދު ސޯލިހް އާއި ރައީސް ވަހީދު އަދި ސްކޫލްގެ ޕްރިންސިޕަލް ޒީނިއާ ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުމީދޫގައި ހުންނަ އަތޮޅު މަދަރުސާގައި "އޭ" ލެވްލް އަށް ކިޔަވައި ދިނުން ރޭ އިފްތިތާހުކޮށް ދެއްވައިފި އެވެ.

ރޭ އަތޮޅު މަދަރަސާގައި މިކަމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެބޮޑު މުއްސަނދިކަމަކީ އަދި އެންމެބޮޑު ރައުސްމާލަކީ، އަޅުގަނޑުމެންގެ ދަރިން ކަމުގައި އެވެ.

އެ ގޮތުން ޤައުމުގެ ތަރައްޤީގައި އަޅުގަނޑުމެންގެ ދަރިން އަދާ ކުރަން ޖެހޭ ދައުރުގެ މައްޗަށް ބައްލަވައިލެއްވި އެވެ.

"ޤައުމުގެ ތަރައްޤީގެ މައިގަނޑު މަސައްކަތް ކުރަންޖެހޭނީ، އަދި އެ ތަރައްޤީ ހިންގާ ބަޔަކަށްވާންޖެހޭނީވެސް އަޅުގަނޑުމެންގެ ދަރިން. އެހެންވީމާ، އެ ދެވެންހުރި އެންމެމަތީ ފެންވަރުގެ ތަޢުލީމެއް، ކޮންމެ ކުއްޖަކަށްވެސް ދޭންޖެހޭ. ކުއްޖާއަށް ރަނގަޅު ތައުލީމެއް ދިިނުމަށް ކުއްޖާގެ ޞިއްޙަތު ރަނގަޅު ކުރުމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދޭން އެބަ ޖެހޭ،" ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީއަކީ ތަޢުލީމަށް ލޯބި ކުރައްވާ ރައްޔިތަކު ދިރިއުޅުއްވާ ސިޓީއެއް ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން، އައްޑޫސިޓީގެ ސްކޫލްތަކުގެ ތަޢުލީމީ ފެންވަރު، ޤައުމީ ނިސްބަތުން ރަނގަޅުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އަދި އައްޑުއަތޮޅު އަތޮޅު މަދްރަސާގައި އޭ ލެވެލަށް ކިޔަވައިދިނުމުގެ ފުރްޞަތު ހުޅުވިގެންދިޔުމާ އެކު، އޭ ލެވެލް ތަޢުލީމު ހޯދަން މާލެދާ ކުދިންގެ ޢަދަދު މަދުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.