Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ރޮބޮޓް އޮލިމްޕިކްސް އިން ރާއްޖެ ދެވަނަ ހޯދައިފި

ރޮބޮޓް އޮލިމްޕިކްސް އިން ދިވެހި ދަރިވަރުންގެ ޓީމް ދެވަނަ ހޯދައިފިއެވެ. 175 ގައުމާ ވާދަކޮށް ދެވަނަ މަގާމް ހާސިލްކޮށް މި ޓީމް މިވަނީ ގިނަބަޔަކު ހައިރާން ކޮށްލާފައެވެ.

މިއީ ދުނިޔެ އަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ސައިންސާއި ޓެކްނޮލޮޖީއަށް ޒުވާނުން ހޭލުންތެރި ކުރުވުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ރާއްޖޭން 3 ކުއްޖަކު ބައިވެރިވެފައިވެއެވެ. އެއީ އައިޝަތު ރިދާ (15އ)، ހަސަން ނާސިހް އަބްދުﷲ (17އ) އަދި މުހައްމަދު ޔަމީން ޔޫޝައު(15އ) އެވެ.

މި މުބާރާތުގައި ރާއްޖެއަށް ދެވަނަ ލިބުނުއިރު އެއްވަނަ ޓީމެއްގެ ގޮތުގައި ހޮވިފައިވަނީ ކޮލަމްބިއާ އާއި އައިސްލޭންޑެވެ. މުބާރާތުގެ ފައިނަލަށް ރާއްޖެ ގޮސްފައިވަނީ ޑެންމާކާއި އެމެރިކާ އަދި ސެނަގޯލް ބަލިކޮށްފަ އެވެ.

އެމެރިކާގައި ކުރިޔަށް ދިޔަ މި މުބާރާތުގައި ދިވެހި ކުދިން ބައިވެރި ކުރި ރޮބަޓަށް ދީފައިވާ ނަމަކީ "ރަނި ކަނބާ" އެވެ.