ރައީސް ޔާމީނަށް "ކޮއިމަލާ" ވެބްސައިޓް ހިންގައިދިން ފަރާތްތައް ކަމަށްވާ އިކްރާމް އާއި ހަލީލް އަކީ ދާދި އަވަހަށް ޖަވާބުދާރީ ވާންޖެހޭނެ މީހުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ ދައުލަތުގެ މުދަލާއި ފައިސާ އަދި މަގާމުގެ ނާޖާއިޒު ފައިދާ ބޭނުން ކޮށްގެން، ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލާ، ހަގީގަތް އޮޅުވާލަމުންގެންދާ ޔާމީނަށް ކޮއިމަލާ ވެބްސައިޓް ހިންގަދިން އިކްރާމް އާއި ހަލީލް އަކީ ދާދީ އަވަހަށް ޖަބާވުބާރީ ވާންޖެހޭނެ މީހުން ކަމަށެވެ.
Dhaulathuge mudhalaai faisaa adhi magaamuge naajaaiz faidhaa beynunkohgen,vaadhaveri faraaiythakuge aburu kathilaa,hageegaiy olhuvaalamungendhaa Yameen ah Koimalaa website hingadhin Ikram aai Khaleel akee dhaadhi avahah javaabudhaaree vaanjeheyne meehun. @PSMnewsmv @tvmaldives pic.twitter.com/bG0gq5cvxt
— Ahmed Mahloof (@AhmedMahloof) August 21, 2018
"ދައުލަތުގެ މުދަލާއި ފައިސާ އަދި މަގާމުގެ ނާޖާއިޒު ފައިދާ ބޭނުން ކޮށްގެން، ވާދަވެރި ފަރާތްތަކުގެ އަބުރު ކަތިލާ، ހަގީގަތް އޮޅުވާލަމުންގެންދާ ޔާމީނަށް ކޮއިމަލާ ވެބްސައިޓް ހިންގަދިން އިކްރާމް އާއި ހަލީލް އަކީ ދާދީ އަވަހަށް ޖަބާވުބާރީ ވާންޖެހޭނެ މީހުން" ޓްވީޓްގައި މަހްލޫފް ވިދާޅުވެފައިވެއެވެ.
ޕީއެސްއެމް ނަމުގައި ކޮށްފައި އިން ޓްވީޓަކަށް އިޝާރާތްކުރައްވާ މަހްލޫފް މިހެން މިއަދު ވިދާޅުވިއިރު ސަރުކާރުގެ މީޑިއާ ޕީއެސްއެމްއަކީ ރައީސް ޔާމީނުގެ ސަރުކާރު ޕްރޮމޯޓްކުރާ މީޑިއާގެ ލަގަބް އިދިކޮޅު ފަރާތްތަކުން ދީފައިވާ މީޑިއާއެކެވެ.