Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ދޮގު ހަބަރުތައް ނުފެތުރުމަށް ޚަލީލް އާއި އިކްރާމަށް އިލްތިމާސް ކުރަން: ސުއޫދު

ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ދޮގު ހަބަރުތައް ނުފެތުރުމަށް ޚަލީލް އާއި އިކްރާމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު، ހުސްނުއްސުއޫދު އިލްތިމާސް ކޮށްފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އެކަމަށް އިލްތިމާސްކޮށް ސުއޫދު ވިދާޅުވެފައިވަނީ ޖަވާބުދާރީީ ވާންޖެހޭނެ ދުވަސް އަންނާނެ ކަމަށެވެ.

https://twitter.com/hsuood/status/1031819495940091905

"ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ދޮގު ހަބަރުތައް ނުފެތުރުމަށް ޚަލީލް އާއި އިކްރާމަށް އިލްތިމާސް ކުރަން! ޖަވާބުދާރީީ ވާންޖެހޭނެ ދުވަސް އަންނާނެ." ސުއޫދު ވިދާޅުވިއެވެ.

ސުއޫދު އަކީ މަގާމްގެ ބިރެއްނެތި ވަރަށް ސާބިތުކަމާއިއެކު އިދިކޮޅު ފަރާތްތަކަށް ތާއީދުކޮށް ރައީސް ޔާމީނުގެ ސަރުކާރުން ހިންގަވާ އެކިއެކި ކަންތަކަށް ފާޅުކަން ބޮޑު ގޮތަކަށް ފާޑު ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ.