Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

އިންކަމް ޓެކްސްގެ ތެރެއިން ރިޝްވަތުގެ ފައިސާ ހޯދޭނެ: ސުއޫދު

ފޮޓޯ: ރާއްޖެއެމްވީ

މަހު މުސާރަ ލިބޭ މަޖިލިސް މެމްބަރުން އަދި ފަނޑިޔާރުންގެ އެކައުންޓަށް، ކޮން ފައިސާއެއްކަން ނޭނގޭ ގޮތަށް ރިޝްވަތުގެ ފައިސާ ޖަމާކޮށްފިނަމަ އިންކަމް ޓެކްސްގެ ނިޒާމްގެ ތެރެއިން އެކަން ފާޅުވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު، ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސުއޫދު ވިދާޅުވީ "މަހު މުސާރަ ލިބޭ މަޖިލިސް މެމްބަރުން އަދި ފަނޑިޔާރުންގެ އެކައުންޓަށް، ކޮން ފައިސާއެއްކަން ނޭނގޭ ގޮތަށް ރިޝްވަތުގެ ފައިސާ ޖަމާކޮށްފިނަމަ އިންކަމް ޓެކްސްގެ ނިޒާމްގެ ތެރެއިން އެކަން ފާޅުވާނެ" މިހެންނެވެ.

https://twitter.com/hsuood/status/1031813715404849153

އިންކަމް ޓެކްސް ނެގުމަށް ތާއީދު ކުރައްވާ މިއަދު އިތުރު ޓްވީޓެއް ވެސް ސުއޫދު ވަނީ ކުރައްވާފައެވެ.

އެ ޓްވީޓްގައި ސުއޫދު ވަނީ އިންކަމް ޓެކްސް ނެގުމަށް ކޮރަޕްޓް މީހުންނާއި، ވަގު ވިޔަފާރި ކުރާ މީހުންނާއި، ޑްރަގް ވިއްކާ މީހުންނާއި ކަޅު ފައިސާ ދޮންނަ މީހުން ދެކޮޅު ހަދާނެ ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ އެ ފަރާތްތަކުން ކުރާ ކުށްތަކާއި، ކަޅު ފައިސާ ހޯދާ ގޮތްތައް އިންކަމް ޓެކްސް ނެގުމުގެ ނިޒާމުގެ ތެރެއިން ފާޅުވާނެތީ ކަމަށްވެސް ސުއޫދު ވިދާޅުވެފައިވެއެވެ.

https://twitter.com/hsuood/status/1031810558008295426

"އިންކަމް ޓެކްސް ނެގުމަށް ކޮރަޕްޓް މީހުންނާއި، ވަގު ވިޔަފާރި ކުރާ މީހުންނާއި، ޑްރަގް ވިއްކާ މީހުންނާއި ކަޅު ފައިސާ ދޮންނަ މީހުން ދެކޮޅު ހަދާނެ. ސަބަބަކީ އެ ފަރާތްތަކުން ކުރާ ކުށްތަކާއި، ކަޅު ފައިސާ ހޯދާ ގޮތްތައް އިންކަމް ޓެކްސް ނެގުމުގެ ނިޒާމުގެ ތެރެއިން ފާޅުވާނެތީ" ސުއޫދު ވިދާޅުވިއެވެ.

އިންކަމް ޓެކްސް ނަންގަވާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބޫ ވީ ވައުދަށް ވަރަށް ބޮޑަށް ސުއޫދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި އެކަމަކީ ވަރަށް މުހިއްމު ކުރަން ޖެހިފައިވާ ކަމެއް ކަމަށް ތަފާތު ޓްވީޓްތަކުން ސުއޫދު ދަނީ ހާމަ ކުރައްވަމުންނެވެ.