ހައްޖުގެ އަޅުކަމަށް މައްކާއަށް ވަޑައިގެން އުޅުއްވާ ދިވެހި ހައްޖުވެރިންގެ ހާލު ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސަލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައްލަވައިފި އެވެ.
ހައްޖު ކޯޕަރޭޝަންއަށް ގުޅުއްވާ ދިވެހި ހައްޖުވެރިންގެ ފަހުގެ މައުލޫމާތުތައް ޑރ ޝަހީމް ވަނީ އޮޅުންފިލުއްވާފައެވެ. އަދި މަބުރޫރު ހައްޖަކަށް އެދިވަޑައިގެން އެ ފަރާތްތަކަށް އީދުގެ ތަހުނިއްޔާ ވެސް ޑރ. ޝަހީމް ވަަނީ އަރިސްކުރައްވާފައި ކަމަށް މައުލޫމާތު ލިބެއެވެ.
އޭގެ އިތުރުން ޝަހީމް އަންނަނީ އެހެން ހައްޖު ގްރޫޕްތަކަށް ވެސް ގުޅުއްވާ ދިވެހިންގެ ހާލު ބައްލަވަމުންނެވެ.
ހައްޖުވެރިންނަށް މިފަހަރު ހައްޖު ދުވަސް ހޭދަ ކުރަން ޖެހުނީ މޫސުން ގޯސްވެފައިވަނިކޮށެވެ. މިހާތަނަށް ދިވެހި އެއްވެސް ހައްޖުވެރިއެއްގެ ހާލު ގޯސްކަމެއް އެނގިފައެއް ނުވެއެވެ.