މަޖިލިސް މެމްބަރުންނަށް ތުހުމަތު ކުރާ ކޮރަޕްޝަން މައްސަލަތައް ބަލަނީ ކަމަށް ދިވެހި ނޫހެއްގައި ލިޔެފައިވާ ހަބަރަކަށް އިޝާރާތް ކުރައްވާ ކޮރަޕްޓް ވަގުން ތަކަކަށް ބެލޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓްގައި ރޮޒެއިނާ ވަނީ ކޮރަޕްޝަން މައްސަލަތައް ބައްލަވާ ފަރާތްތަކަށް އަމާޒުވާ ފަދަ އިބާރާތުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކޮރަޕްޓް ވަގުން ތަކަކަށް ބެލޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި، ބަލާނެ އެއްވެސް ކަމެއް ވެސް ނޯންނާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ބަލާނީ ހަމަ ވައްކަން ކުރެވޭތޯ ކަމަށާއި، ދެން ބަލާނީ ވައްކަމާއި ދެކޮޅު މީހެއް ވިއްޔާ ހައްޔަރު ކުރެވޭތޯ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
Corrupt vagun thakakah beleyne evves kameh noannaane! Balaane evves kameh noannaane!
Balaanee hama vakkan kureveytho!
Dhen balaanee vakkama dhekolhu meeheh viyyaa hayyaru kureveytho! #Vaguout#YAGOUT https://t.co/kI8UA8Xf1t pic.twitter.com/HcwDZiRtiJ— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) August 21, 2018
"ކޮރަޕްޓް ވަގުން ތަކަކަށް ބެލޭނެ އެއްވެސް ކަމެއް ނޯންނާނެ !ބަލާނެ އެއްވެސް ކަމެއް ނޯންނާނެ! ބަލާނީ ހަމަ ވައްކަން ކުރެވޭތޯ! ދެން ބަލާނީ ވައްކަމާއި ދެކޮޅު މީހެއް ވިއްޔާ ހައްޔަރު ކުރެވޭތޯ!" ރޮޒެއިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް ރޮޒެއިނާގެ ޓްވީޓެއްގައި ވަނީ ވަރުގަދަ ސުވާލު ތަކެއް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް އަމާޒު ކުރައްވާފައެވެ.
އެގޮތުން އިރުއިރުކޮޅާ އަރާ މާ ކަންތައްވާ ބައެއް ކަމަށް ހެދެން މޮޅުވާހަކަ ދައްކަނީ ކަމަށާއި، ދައުލަތް ކައި ހުސްކޮށްލައިފި ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.
Iru iru kolhaa araa maa kanthah vaa baeh kamah hedhen molhu vaahaka dhakkanee!
Dhaulaiy kai huskohlaifi! Vakkamuge faisa ge 1 million dollaru oiythan enmennah ves engey!
Keevvetha enme kuda minun efaisa ves nuhodhigen thi ulhenee? #YAGOUT #VaguOut pic.twitter.com/ze9DamWw7F— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) August 21, 2018
ވައްކަމުގެ ފައިސާގެ އެއް މިލިޔަން ޑޮލަރު އޮތްތަން އެންމެންނަށް ވެސް އެނގޭ ކަމަށް ވެސް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ. އަދި ކީއްވެތޯ އެންމެ ކުޑަމިނުން އެ ފައިސާ ވެސް ނުހޯދިގެން އުޅެނީ ؟ ވިދާޅުވެ ވަނީ ސުވާލު ކުރައްވާފައެވެ.
އަންހެން ކަނބަލުންގެ ތެރެއިން ރޮޒެއިނާ އަކީ ކެރޭ، ފަސްނުޖެހޭ ބޭކަނބަލެކެވެ. އިދިކޮޅު ސިޔާސަތަށް ތާއީދު ކުރައްވާ ސަރުކާރު ހިންގަވާ ޕާޓީއަށް ކެނޑިނޭޅި އެކަމަނާ ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.