Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ތަރައްްގީ އަކީ ކޮރަޕްޝަނާއިއެކު ފުނިޖަހާ ކޮންކްރީޓެއް ނޫން: ނިޒާރު

"ތަރައްގީ" އަކީ ކޮރަޕްޝަނާއިއެކު ފުނިޖަހާ ކޮންކްރީޓެއް ނޫން ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ތަރައްގީ" އަކީ ކޮރަޕްޝަނާއިއެކު ފުނިޖަހާ ކޮންކްރީޓެއް ނޫން ކަމަށެވެ. އެއީ ހަރުދަނާ ސިޔާސަތާއިއެކު ގެންނަ ބަދަލު ކަމަށެވެ. އަދި އިބޫގެ ރައީސްކަމުގައި އިންކަމް ޓެކްސް ތައާރަފް ކުރެވޭނެ ކަމަށް ވެސް ނިޒާރުގައި ޓްވީޓްގައި ބުނެފައިވެއެވެ.

""ތަރައްގީ" އަކީ ކޮރަޕްޝަނާއިއެކު ފުނިޖަހާ ކޮންކްރީޓެއް ނޫން. އެއީ ހަރުދަނާ ސިޔާސަތާއިއެކު ގެންނަ ބަދަލު. އިބޫގެ ރައީސްކަމުގައި އިންކަމް ޓެކްސް ތައާރަފް ކުރެވޭނެ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އަކީ އިދިކޮޅު ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި އެ ބޭފުޅާއަކީ ރައީސް ނަޝީދަށް ވަރަށް ސަޕޯޓް ކުރައްވާ ބޭފުޅެއްކަން ބައެއް ވާހަކަތަކުން ހާމަކޮށްދޭ ބޭފުޅެކެވެ. އެގޮތުން ސަންގު ޓީވީގައި ދާދީ ފަހުން ދެއްކެވި ވާހަކައެއްގައި ނިޒާރު ވަނީ ނަޝީދަކީ، އެމްޑީޕީ އަށާއި ރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސް އަށް ލިބިފައި ހުރި ހަމަ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި މުދަލެއް ކަމަށް ވިދާޅުވެފައެވެ.