Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"ދިދަ ދެމުމުން އެއްވަނަ ޔާމީނަށް، ދިދަ ބޭލުމުން އެއްވަނަ ޕޮލިހަށް"

މާލޭގެ އިމާރާތެއްގައި ނަގާފައި ހުރި ޖޭޕީގެ ބޮޑު ދިދައެއް ފުލުހުން ބޭލި ހަބަރަކަށް އިޝާރާތް ކުރައްވާ ދިދަ ދެމުމުން ޔާމީނަށް އެއްވަނަ ކަމަށާއި އަދި ދިދް ބޭލުމުން މޯލްޑިވްސް ޕޮލިސް ސަރވިސް އެއްވަނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދް މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނަ ދެއްވުމަށްފަހު ލަދުން ބޯހަލާކު ކަމަށް ވިދާޅުވެ އައްޗީޑިއޭ ވިދާޅުވެފައިވެއެވެ.

"ދިދަ ދެމުމުން އެއްވަނަ ޔާމީނަށް، ދިދަ ބޭލުމުން އެއްވަނަ ޕޮލިހަށް. ލަދުން ބޯހަލާކު. އައްޗީޑި" ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ އީޔޫ އިން ފިޔަވަޅު އަޅާ ލިސްޓުގައި 41 ނަމެއް ވާކަމަށް ވިދާޅުވެފައެވެ. އަދި އެ ލިސްޓުގައިވާ ނަންތައް ޔާމީނަށް މިހާރު ސާފުވާނެ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުގެ ތެރެއިން ޓްވިޓާގައި އެންމެ ހަރަކާތްތެރި އެއް ފަރާތަށް މަހްލޫފް ވަނީ ވެފައެވެ.