Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

މި ފެމުނުތައް މިއުޅެނީ ދައުލަތުގެ ހަރު މުދާތައް ނުއަގުގަ ފޭރިގަނެގެން: މުސްތަފާ

ކުޑަހުވަދޫ އެއަރޕޯޓަށް އިޝާރާތް ކުރައްވާ ދުނިޔެ އުމުރު މި ފެމުނުތައް މި އުޅެނީ ދައުލަތުގެ ހަރުމުދާތައް ނުއަގުގަ ފޭރިގަނެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުޑަހުވަދޫ އެއަރޕޯޓޭ ކިޔާފަ އެއަރ ސްޓްރިޕްއެއް ހަދާފަ އެތިބީ އެއްފަޅު ތެރޭގައި އޮތް 14 ރަށް ދަމައިގަނެގެން ކަމަށެވެ.

"ކުޑަހުވަދޫ އެއަރޕޯޓޭ ކިޔާފަ އެއަރ ސްޓްރިޕްއެއް ހަދާފަ އެތިބީ އެއްފަޅު ތެރޭގައި އޮތް 14 ރަށް ދަމައިގަނެގެން. ދުނިޔެ އުމުރު މި ފެމުނުތައް މި އުޅެނީ ދައުލަތުގެ ހަރުމުދާތައް ނުއަގުގަ ފޭރިގަނެގެން!" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ އަކީ ރައީސް ޔާމީންގެ ސަރުކާރާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ޕީޕީއެމް ތެރެއިން އެންމެ ފުރަތަމަ ފާޑުވިދާޅުވާން ފެއްޓެވި އެއް މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.